ކެމްޕެއިންނެއް ފައްޓަވާ
ސިއްޙީ ފަރުވާ

Help Mafaaz

Vaadhoo، Addu Cityހިންގާ ފަރާތް ތަސްދީޤުކޮށްފައިފެށީ 1 އޮކްޓޫބަރު 2026
Help Mafaaz، ކަވަރު ފޮޓޯ
MVR 1,000MVR 18,000 އިން
1 އެހީތެރިއެއްއަމާޒުގެ 6%

ބޭންކް ޓްރާންސްފަރއިން، ސީދާ hassaan ގެ އެކައުންޓަށް ފައިސާ ދައްކަވާ.

ހިންގަނީ hassaan hussainhassaan hussainއެހީ ދަނީ ހިންގާ ފަރާތުގެ އަމިއްލަ ބޭންކް އެކައުންޓަށް · އައިޑީ ޗެކްކޮށްފައިހިންގާ ފަރާތް · އައިޑީ ޗެކްކޮށްފައި

ވާހަކަ

ކަނޑުހުޅުދޫ/ ހަނދުވަރުދޭގޭ، މައުސޫމް ހަސަންގެ ދޮށި ދަރިފުޅު އަދި ދެމަފިރިންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު މަފާޒުގެ ލޮލުގައި އަޅާ ވޭނާއި އެދަރިފުޅަށްވާ ތަދު ފެނި އެ މައިންބަފައިންގެ ހިތުގައި އަޅަނީ ވޭނާއި ކެކުޅުން އަންދާޒާ ކޮށްލުން ވާނީ ދަތި ކަމަކަށެވެ. އުމުރުން އެއް އަހަރު ނުވަނީސް ލޮލުގެ މައްސަލަ ފާހަގަކުރެވި، ޑރ. ފާތިމަތު ދީދީއަށް ދެއްކުމުން ބުނެފައިވަނީ އެލަރޖީއެއް ކަމަށެވެ. އައިކެއާއަށާއި، އައިޖިއެމްއެޗްގެ ލޮލުގެ ޑޮކްޓަރުންނަށް ދެއްކުމުންވެސް ދީފައިވަނީ ހަމަ އެއް ޖަވާބެކެވެ. ނަމަވެސް، ދަރިފުޅުގެ ލޮލުގެ ހާލަތު ދުވަހެއް ދުވަހަކަށް ދިޔައީ ދަށްވަމުންނެވެ. ދަރިފުޅުގެ ލޮލަށް ފަރުވާއެއް ހޯދުމަށް، އުމުރުން 3 އަހަރުގައި، އޭޑީކޭގެ ޑރ.ވިރާޖްއަށްވެސް ވަނީ ދައްކާފައެވެ. އޭނާއަށް ދެއްކުމުން ބުނެފައިވަނީ ރާއްޖެއިން ބޭރަށް ގޮސް ޑޮކްޓަރަށް ދައްކަން ޖެހޭނެ ކަމަށެވެ. އެހެންކަމުން، ދަރިފުޅު ގޮވައިގެން އންޑިޔާއަށް ގޮސް، ޗައިތޭނިއާ ހޮސްޕިޓަލް، އަގަރުވާލާ ހޮސްޕިޓަލް، އަރުވިންދާ ހޮސްޕިޓަލް އަދި ޕްރައިސް ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދާތާ 9 އަހަރު ވެއްޖެއެވެ. އަރުވިންދާ ހޮސްޕިޓަލް އަދި ޗައިތޭނިޔާ ހޮސްޕިޓަލުން ޖުމްލަ 17 ސަރޖަރީވެސް ހެދިފައިވެއެވެ. އަގުރުވާލާ ހޮސްޕިޓަލުން ބުނެފައިވަނީ ދެވޭނެ އިތުރު ފަރުވާއެއް ނެތް ކަމަށެވެ. ސަރޖަރީތަކަށްފަހުވެސް ދަރިފުޅުގެ ލޮލުގެ ފެނުމަށް އަދި ތަހައްމަލްކުރަމުންދާ ވޭނަށް ލުޔެއް ލިބޭ ގޮތް ވަނީ ނުވެފައެވެ. ސްކޫލަށްވެސް ނުދެވެއެވެ. އެއް އުމުރުފުރައިގެ ކުދިންނާ އެއްވަރަށް ދަރިފުޅު ބޮޑެއްވެސް ނުވެއެވެ. ޑޮކްޓަރުން ބުނާ ގޮތުގައި ދަރިފުޅުގެ އުޅުމަށް އައިސްފައިވާ ބަދަލުތަކަކީ އެހާ ގިނަ ސަރޖަރީތައް ހެދުމުގެ ސަބަބުން އައިސްފައިވާ ބަދަލުތަކެކެވެ. އެފަދަ ހިތްދަތި ކަމާއެކު ދުވަސްތައް ވޭތުކުރަމުން ދަނިކޮށް ރައްޓެއްސެއްގެ ފަރާތުން ބެންކޮކްގެ ބަބްރަމްގުރާންޑް ހޮސްޕިޓަލްގެ މަޢުލޫމާތު ލިބުނެވެ. އަދި އެތަނުން ދަރިފުޅަށް ފަރުވާއެއް ލިބިދާނެ ކަމުގެ އުއްމީދުގައި ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ބެންކޮކްއަށް ގޮސް ދަރިފުޅު ޑޮކްޓަރަށް ދައްކާފައިވެއެވެ. ޑޮކްޓަރު ބުނެފައިވާ ގޮތުގައި ޖުމްލަ 8 ޑޯޒަކަށް ބަހާލައިގެން ދަރިފުޅުގެ ލޮލަށް ފަރުވާ ކުރަން ޖެހެއެވެ. އެގޮތުން، ސެޕްޓެމްބަރު މަހުގެ ފަރުވާއަށްފަހު ދަރިފުޅުގެ ލޮލުގެ ފެނުމަށް ރަނގަޅު ބަދަލެއް ވަނީ އައިސްފައެވެ. 3 ދުވަހު ސްކޫލަށްވެސް ދެވުނެވެ.

ތާއީދުކުރާ ލިޔެކިޔުމާއި ފޮޓޯ

3 ފައިލް

ހިންގާ ފަރާތުން ހުށަހަޅާފައިވާ ތާއީދުކުރާ ލިޔެކިޔުން.

މި ލިޔެކިޔުން ހިއްސާކޮށްފައިވަނީ މި ހަރަކާތާ ބެހޭގޮތުން އިތުރު މަޢުލޫމާތު ދިނުމަށެވެ.

އަޕްޑޭޓްތައް

3 އަޕްޑޭޓް

އެހީތެރިން

1 ކަށަވަރުކޮށްފައި
Ahooo53 ދުވަސް ކުރިންMVR 1,000
އެހީވެދެއްވާ